Thursday, October 7, 2010

ލަންދޫ ހޮޅުއަށި ޓީކޭގެ ފޮޓޯގުރާފާ ނުރައްކާތެރި އެކްސިޑެންޓެއްވެ އަނިޔާވެއްޖެ



މިއަދު މެންދުރުގެ ވަގުތެއްގައި ލަންދޫ ހުކުރުމިސްކިތް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއްވެ ލަންދޫ ހޮޅުއަށި ޓީކޭގެ ފޮޓޯގުރާފާއަށް އަނިޔާވެއްޖެއެވެ. ލަންދޫ ހޮޅުއަށި ޓީކޭގެ ފޮޓޯގުރާފާމިރަށު އަޒުމްގޭ މަންސޫރު މުހައްމަދެވެ. މިއެކްސިރެންޓް ހިނގަން ދިމާވި ސަބަބެއް ކަމަށް ބެލެވެނީ ދުއްވަންވީ ވަރަށް ވުރެން ބާރަށް ދުއްވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ ކަރަންކާވިލާ ގޭ ގޯޅި މިސްކިތާއި ދިމަލަށް އައުމުގެ ތެރޭގައި ސައިކަލު އަނބުރާ ނުލެވި ކޮންޓްރޯލުން ނައްޓައިގެން ގޮސް ކުރިމަތީގައި ހުރި ގޭ ކަންމައްޗަށް ވާގޮތަށް ހަރުކޮއްފައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. "ސައިކަލު އަނބުރާ ނުލެވި ކޮންޓްރޯލުނުވީ . ނޭނގޭ ދެން ވީގޮތެއްވެސް. އަސްލު އެހާ ބާރަކަށް ނޫން " ހެޑްލައިންސް އިން ކުރި ސުވާލަށް ޖަވާބު ދެމުން ލަންދޫ ހޮޅުއަށި ޓީކޭގެ ފޮޓޯގުރާފާމިރަށު އަޒުމްގޭ މަންސޫރު މުހައްމަދު ބުންޏެވެ.
މިއެކްސިރެންޓް ސަބަބުން ހޮޅިދަނޑިވެސް ވަނީ ވަރަށް ބޮޑަށް ގުޑާ އަދި ހޮޅި ދަނޑީގައި ހަރުކޮށްފައިވާ ތަންމަތިވެސް ނައްޓާލާފައެވެ. މިހާދިސާގައި މަންސޫރު ދުއްވާފައި ދިޔަ ސައިކަލް ވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. އެގޮތުން ލިބިފައިވާ ގެއްލުން ތަކުގެ ތެރޭގައި ސައިކަލުގެ ކުރީ ދަފަތް ބިނދި ވަށިގަނޑު ބަނޑިވެ ކަވަރުފަޅި ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. މިހާދިސާ ގައި މަންސޫރު ގައިގެ އެކިތަންތަނުން ވަނީ މަށައިގެން ގޮސްފައެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލަންދޫ ހޮޅުއަށި ޓީކޭގެ ފޮޓޯގުރާފާ ނުރައްކާތެރި އެކްސިޑެންޓެއްވެ އަނިޔާވެއްޖެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ