ރޭގެ 8:30 ގައި ހޮޓަލް ހުރިވަރުގައި ބޭއްވުނު އެފްސީ އޮކާޗީގެ މިއަހަރުގެ ފުރަތަމަ ބައްދަލްވުމުގައި ވަނީ އެޓީމްގެފަރާތުން މެނޭޖުމަންޓް އެކްލަވާލާފައެވެ. ސިއްރު ވޯޓެއް ޓީމުގެ މެމްބަރުންގެ މެދުގައި ނެގިގެންނެވެ. އެފްސީ އޮކާޗީގެ މެނޭޖްމެންޓުގައި ހިމެނޭ ހަތަރު ބޭފުޅުންނަކީ އިބުރާހިމް ފާއިޒް ( ސޮޕަޓް ) މޫސާ ހުސެއިން ( މިހާސް ) މުހައްމަދު އިބުރާހިމް ( މޯޑް) ޔޫސުފު އަބުދުއްރަހީމް ( ޔޫއްޓޭ ) އެވެ.
އެފްސީ އޮކާޗީގެ މެނޭޖަރަކަށް މިފަހަރުވެސް ހުންނާނީ ހިނާމާގެ އަބުދުއްރައްޒާގު މުހައްމަދެވެ. ކޯޗަކަށް ހުންނާނީ އަބުދުއްރަހީމް (ރެޓޭ) ، އެސިސްޓެންޓް ކޯޗަކަށް ހުންނާނީ މޫސަ ހުސެއިން އަދި ޓުރެއިނާރަކަށް ހުންނާނީ އަލީ ދާއޫދު ކަމަށް ވަނީ އެފްސީ އޮކާޗީގެ ކެޕްޓަން އަބުދުއްﷲ ސާމީ ހެޑްލައިންސްއަށް މައުލޫމާތު ދެއްވާފައެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިފަހަރުވެސް އެންމެ ބަލި ވާނެ ކަމަށް ރަށުތެރޭގައި ކިޔަމުންދާ އެފްސީ އޮކާޗީގެ ޓީމުގައި ހިމެނޭ މުހިއްމު ކުޅުންތެރިންނަކީ މޯޑް އަލީ ، ތަމްބި ، ކުޑަ އަލީ ، ޔާގުރޭ ، ޔޫއްޓެ ، ޖަވާ ، ފައްޖޭ ، ސޮޕަޓް ، ބުޝްރީ ، ސަހިންޓޭ ، ސާމީ ، ނާއްޕޭ ފަދަ ކުޅުންތެރިން ނެވެ.

0 ޚިޔާލު: on "އެފްސީ އޮކާޗީގެ މެނޭޖްމެންޓް އެކުލަވައިލައިފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ