Thursday, October 21, 2010

ލަންދޫ ހޮޅުއަށި ޓީކޭ ގެ ފަރާތުން މިކަން ކުރަންޖެހޭނެ ކަމަށް ބުނާ މީހުންނެއްވެސް މަދެއް ނޫން



އާމަގު ފަރާތަކީ ޒުވާނުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ހަމަޖެހިފައި އޮންނަތާ ލައްކަ ޒަމާން ވެއްޖެއެވެ. އާއްމުކޮށް މުސްކުޅިން މިސަރަހަށްދުން ފެންނަލެއް ވަރަށް މަދެވެ. ނަމަވެސް ޒުވާން އެކި އެކި ގުރޫޕުން އަނގަ ތަޅާލުމަށާއި ގޭ މީހުނާއި ވަގަށް ސިގިރޭޓް ބޮއިލުމަށް މިތަނުގެ ބޭނުން ހިފާލެތެއް މަދެއް ނޫނެވެ.
ހޮޅުއަށީގެ އިތުރުން ޖޯލި ފަތިތަކާއި ކުދި އަޅޯގަނޑުތައް މިތަނުގައި އަބަދުވެސް ހުރެއެވެ. ނަމަވެސް މިހާރު މިތަނުގައި ހުރި ޖޯލި ފަތި ވަނީ ބިންދައިގެން ގޮސްފައެވެ، ހޮޅުއަށި ގަނޑުވަނީ މަރާމާތު ކުރަން ޖެހިފައެވެ.
ކުރިއަށް އޮތް ބޮޑު ޗުއްޓީގައި ފިނި ކޮށްލުމަށް ގޮސްތިބޭ މިމަރުކަޒު މަރާމާތު ކުރުމަކީ ކޮންމެ ޒުވާނެއްގެ ވެސް ޒިންމާޔަކަށް ހެދުން ކީއްތޯއެވެ.
އެންމެ ފަހުން މިތަން މަރާމާތު ކޮށްފައިވަނީ އާމަގު ޓީކޭގެ ފަރާތުންނެވެ. ނަމަވެސް އާމާގި ޓީކޭ ވަނީ އެޖޯލި ފަށްޗާއި އެކު ނިމި ގޮސް ފައެވެ.
ލަންދޫ ހޮޅުއަށި ޓީކޭ ގެ ފަރާތުން މިކަން ކުރަންޖެހޭނެ ކަމަށް ބުނާ މީހުންނެއްވެސް މަދެއް ނޫނެވެ. އާއެކެވެ. އެމީހުންނަކީ އެތަނުގެ މައިމީހުންނެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލަންދޫ ހޮޅުއަށި ޓީކޭ ގެ ފަރާތުން މިކަން ކުރަންޖެހޭނެ ކަމަށް ބުނާ މީހުންނެއްވެސް މަދެއް ނޫން"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ