
މިއަހަރުގެ ފިފާ ވޯލްޑް ކަޕްގެ ފޯރިގަދަ ކުރުމަށްޓަކައި ލަންދޫގައި މިވަގުތު އޮތް ހަމައެކަނި ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " ޖަމުއްޔާއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ސްޓޭޖް ތައްޔާރު ކުރުމުގެ އެންމެ ފަހުގެ މަސައްކަތް މިރޭ ކޮށް ނިމޭނެ ކަމަށް މިކަމުގައި ލިޔެސް ގެ ފަރާތުން އެންމެ އިސްކޮށް އުޅޭ އަބުދުއްﷲ އާރިފް ( ބަކިސް ) ބުނެފިއެވެ.

ސްޓޭޖުގައި ޤައުމުތަކުގެ ދިދަ ކުރެހުމާއި މުބާރާތުގެ ލޯގޯ ކުރެހުމުގެ މަސައްކަތްވެސް މިރޭ ނިމޭނެ އެވެ. މިހާރު ނުކުރެހި އިނީ ހަމައެކަނި ޕޯޒްގަލްގެ ދިދަޔާއި އައިވަރި ކޯސްޓްގެ ދިދަ އެކަންޏެވެ.

ސެޓްކުރުން ލަސްމިވީ އޯޑިއޯ ވާގަނޑު ނެތީމާއެވެ. ނަމަވެސް މިއަދު ބޯޓުން ވަނީ 2200 ރުފިޔާ އަށް 200 ފޫޓްގެ ވާގަޑެއް ގެނިވިފައެވެ. މެޗުތައް ބެލުމަށް ހަމަޖެހިފައިވަނީ ކާމިނީގޭ އެއާރ ޓެލް ބޯތަށި މެދު ވެރިކޮށެވެ. އެހެން ނަމަވެސް ވިއްސާރަ ދުވަސްވަރަކަށް ވާތީވެ ކޭބަލް ނެޓުން މިހާރު ވަނީ ޒުވާނުންނަށް ޓަކައި ކޮޅެއް އަޅައިދީފައެވެ.
ތިންބައި މީހުން މިފަހަރު ވާދަ ކުރަމުން ދާތީވެ މިފަހަރުގެ ވޯލްޑްކަޕް ލަންދޫގައި މިވަނީ ފޯރި ގަދަ ވެފައެވެ. އެއްބަޔަކު 14 ފޫޓް 12 ފޫޓްގެ ސުކްރީނެއް ހަދައި އިރަށް 17 ފޫޓް 14 ފޫޓްގެ ސުކްރީނު ދަނީ ހަދަމުންނެވެ.
ލިޔެސް ޖަމުއްޔާއިން ވަނީ 14 ފޫޓް 12 ފޫޓްގެ ސުކްރީނެކެވެ. މެޗު ކުޅެމުންދާ ވަގުތު ކޮފީ ބުމއިމަށްޓަކައި އިސްމައިލް ސިމާޒް ( ކައްޓި) ވަނީ ލަވާޒާ މެސިނެއް ގެނެސްދީފައެވެ.

ޓީމްތަކުގެ ސަޕޯޓަރުން ޖާޒީ ހޯދައި އެޓީމު ތަކުގެ ބޮޑެތި ދިދަޔާއި ތަފާތު ތަކެތި ދަނީ އެއްބަޔަކު އަނެއްބަޔަކާއި ވާދައަށް ހަދަމުންނެވެ.
ލަންދޫގައި މިވަގުތު އޮތް ހަމައެކަނި ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " ޖަމުއްޔާއިން ފަރާތުން ގާތް ގަޑަކަށް 5000 ރުފިޔާ މިހާރުވެސް ހަރަދުވެގެން ގޮސްފައިވާ ކަމުގައި އަބުދުއްﷲ އާރިފް ( ބަކިސް ) ބުނެފިއެވެ.
ލަންދޫގައި މިވަގުތު އޮތް ހަމައެކަނި ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " މިފަހަރުގެ ފީފާ ވޯލްޑްކަޕް ކުލަ ގަދަ ފޯރިގަދަ ގޮތަކަށް ރަށުގައި ކުރިއަށް ގެންދިއުމަށް ހިންގޭ މި ހުރިހާ ހަރަކާތަކީ " ލިޔެސް " އިން ޚަރަދުކޮށްގެން " ލިޔެސް " އިން އިސްނަގައިގެން ކުރިއަށް ގެންދެވޭ ހަރަކާތްތަކަކަށް ވާތީވެ ނޫސްވެރިންވެސް މިކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ގޮވާލަމެވެ. އެހެން ނަމަވެސް އެމީހެއްގެ ބުލޮގުގައި ލިޔާނެ އެއްޗެއް ހަމަ އެގޭނީ އެމީހަކަށެވެ.
0 ޚިޔާލު: on "ލިޔެސް އިން ޚަރަދުކޮށްގެން ލިޔެސް އިން އިސްނަގައިގެން މިފަހަރުގެ ވޯލްޑް ކަޕް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ